ހިއުމަން ރިސޯސް އޮފިސަރ
މަޤާމް:
ހިއުމަން ރިސޯސް އޮފިސަރ
މަޤާމުގެނަންބަރު:
J-437568
ބޭނުންވާއަދަދު:
01 (އެކެއް)
މަޤާމުގެގިންތި:
ދާއިމީ
މަޤާމުގެރޭންކް:
ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1
ވަޒީފާއަދާކުރަންޖެހޭތަން:
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ
ސެކްޝަން/ޔުނިޓް:
ހިއުމަން ރިސޯސް ސެކްޝަން - ރެކްރޫޓްމަންޓް އެންޑް ޕާސަނަލް މެނޭޖްމަންޓް ޔުނިޓް
މުސާރަ:
މަހަކު 9495.00 ރުފިޔާ
މަޤާމްގެއެލެވަންސް:
މަހަކު 2850.00 ރުފިޔާ
ހާޒިރީއެލަވްނަސް:
ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ
އެހެނިހެންއެލަވަންސް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:
މިނިސްޓްރީއަށް ބޭނުންވާ މަޤާމުތަކަށް މީހުން، ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް ހޯދައި، އެ މީހުންނަށް ވަޒީފާ ދިނުމުގެ އެންމެހައި މަސައްކަތްތައް 'ސީ.އެސް ވިއުގަ' މެދުވެރިކޮށް ކުރުން.
އަލަށް ވަންނަ މުވައްޒަފުންގެ ވަޒީފާ ބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް މުވައްޒަފުންނާއި ހަވާލުކުރުން.
ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައިމާއި އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ މަސްއޫލިއްޔަތުތައް އެކުލަވާލުމާއި މަޤާމުތަކުގެ މަސްޢޫލިއްޔަތުތައް އަދާހަމަކުރުމަށް ވިއުގައިން ފޮނުވުން.
ހުސްވާ މަޤާމުތަކާއި އަލަށް ހުއްދަ ހޯދުމަށް ބޭނުންވާ މަޤާމުތަކަށް ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓް ފޮނުވާ އޭގެ ފޮލޯއަޕް ހެދުން.
އިޢުލާންކުރުމާއި، އިޢުލާންކުރެވިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަރވިއުކުރުމަށް ބޭނުންވާ މަޢުލޫމާތު ޝީޓްތައް ފުރިހަމަކޮށް މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގެ މަސައްކަތް ކުރުން.
މުވައްޒަފުންގެ މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
އިދާރާގެ މުވައްޒަފުންނާ ގުޅިގެން އަންނަ ޑިސިޕްލިނަރީ މައްސަލަތައް ބެލުމުގައި އެހީތެރިވުން.
ދުވަހު ޔައުމިއްޔާ ލިޔުމާއި މަންތުލީ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ފޮނުވުން
މުވައްޒަފުން ބެލެހެއްޓުމާއި ގުޅިގެން ސެޕް ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
ސިޔާސީ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ މަހެއްގެ ފަސްވަނަ ދުވަހުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުނު.
މިނިސްޓްރީން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް މުވައްޒަފުން ޗުއްޓީ ދިނުމުގެ ކަންތައްތައް ހަމަޖައްސައި މުވައްޒަފުންގެ ޗުއްޓީ ރެކޯޑް ބެލެހެއްޓުން.
މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް، ފެރީ އެލަވަންސް ރިޕޯޓް ކޮންމެ މަހެއްގެ 17 ވަނަ ދުވަހުގެ ކުރިން ތައްޔާރުކުރުން.
މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމެންޓް ސިސްޓަމުން މުވައްޒަފުންގެ ހާޒިރީ އަޕްޑޭކޮށް ބެލެހެއްޓުން.
ދިވެހިރާއްޖޭގެ ޤާނޫނާއި ސިވިލް ސަރވިސް ޤަވައިދާ ޚިލާފު ނުވާ މަސައްކަތްތައް އޮފީހުގެ އިސްވެރިން އަންގާ މަސައްކަތް ކުރުން.
މަޤާމުގެޝަރުޠުތައް:
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ބިޒިނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
ހިޔުމަން ރިސޯސް މެނޭޖްމަންޓް
މެނޭޖްމަންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން
އޮގަނައިޒޭޝަނަލް ބިހޭވިއަރ
ޕަރފޯމަންސް މެނޭޖްމަންޓް
އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
ހުށަހަޅަންޖެހޭލިޔުންތައް:
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް
ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށްއެދެންވީގޮތާއިސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026ފެބުރުވަރީ15ވާއާދީއްތަދުވަހުގެ14:00 ގެ ކުރިން އީމެއިލް recruitment@youth.gov.mv މެދުވެރިކޮށެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް:އެޕްލިކޭޝަންފޯމާއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލަކަށްޕީ.ޑީ.އެފްކުރުމަށްފަހު،ފައިލުގައިއެޕްލިކޭޝަންހުށައަޅާފަރާތުގެނަމާއިއިއުލާންނަންބަރުޖެހުމަށްދަންނަވަމެވެ.
ޝޯޓްލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިމްތިހާންއަދިއިންޓަވިއުއޮންނާނެތަނާއި،މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 2026ފެބުރުވަރީ22އާއި،2026މާރިޗު22 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.
"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެޝީޓް(A2 ފޯމު)"އާންމުކުރުން.
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް recruitment@youth.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
އިތުރުމަޢުލޫމާތުހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000493 އަށެވެ. އީ-މެއިލް ކުރާނީ recruitment@youth.gov.mvއަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.